ގިނަ ބައެއްގެ މެދުގައި މަގުބޫލު ސީރީސް "ސްޓްރޭންޖާ ތިންގްސް" ގެ އެންމެ ފަހު ސީޒަންގެ ޓީޒަރު ދައްކާލައިފިއެވެ.
މި ސީޒަންގެ އެޕިސޯޑުތައް ގެނެސްދިނުމަށް ހަމަޖެހިފަައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ބައި އަންނަ ނޮވެމްބަރު މަހުގެ 26 ގައި ނެރޭއިރު، ދެވަނަ ބައި ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ. އަދި އެންމެ ފަހު އެޕިސޯޑު ގެނެސްދޭނީ އާ އަހަރާ ދިމާކޮށް އަންނަ ޑިސެމްބަރު މަހުގެ 31 ގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގައި 8 އެޕިސޯޑު ގެނެސްދޭނެއެވެ. މީގެ ތެރެއިން ކޮންމެ އެޕިސޯޑެއް ގަޑިއިރަކަށް ވުރެ ދިގުވާނެ ކަމަށާއި، އެންމެ ފަހު އެޕިސޯޑަކީ ގާތްގަނޑަކަށް ތިން ގަޑިއިރުގެ އެޕިސޯޑެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިއީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސީރީސްތަކުގެ ތެރޭގައި ހިމެނޭ ސީރީސްއެކެވެ.

ކިޔުންތެރިންގެ ހިޔާލު