ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރެއްވުން
ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރެއްވުން
ރައީސް ޑރ. މުޢިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރަށްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވިންޑްސަރ ކާސަލްގައި އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނު ފަހުން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި މި ބައްދަލުވުމަކީ މި ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ބައްދަލުވުމެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރަށްވާފައިވާއިރު، އެމަނިކުފާނު މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މަތީފަންތީގެ އިސް ފަރާތްތަކާއެކު ގިނަ މުހިންމު ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު