އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދީ، މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހަފުތާގައި އިންޑިއާއަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު 01:50 ހާއިރެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ޓްރިވެންޑްރަމަށް ފޮނުވާލަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އަދި އަބްދުއްރަހްމާންގެ ގާތިލް ހޯދުމަށް ތަހްގީގުގެ ތެރެއިން މަސައްކަތްކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އާދީއްތަ ދުވަހުން ފެށިގެން މާޅޮސް މޮނިޓަރިންގެ ހާލަތައް ލާފައެވެ. ފުލުހުން މިއަދު ބުނީ އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
ފުލުހުން މިހާތަނަށް އަބްދުއްރަހުމާންގެ މަރާ ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ އެ ރަށު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައިފާސްކުރުމެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މީގެ އިތުރުން ފުލުހުން ވަނީ ރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖު ވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި އޮއްވައި އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލްއާއި ފިންގާ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު