ބޮލީވުޑްގެ ނަންވިދާ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ އަރިޖިތު 'ޖަންގަލް އެޑްވެންޗާ' ފިލްމެއް ޑައިރެކްޓު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. މި ފިލްމަކީ އިންޑިއާގައި ވާހަކަދައްކާ އުޅޭ ހުރިހާ ބަހުރުވައަކުން އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އޭނާ މި ފިލްމު ގެނެސްދެނީ މަހާވީރު ޖެއިން ފިލްމްސްއާ ގުޅިގެންނެވެ.
މި ފިލްމަށް ކިޔާނެ ނަމަކާއި ފިލްމުގެ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަސި ސްކްރިޕްޓުވެސް ލިޔެ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގައި މި ވަގުތުހުރި އެންމެ ކާމިޔާބު އަދި މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަރިޖިތުއަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް ނަން މަޝްހޫރު، އެތައް ބަޔަކަށް ކަމުދާ ތަރިއެކެވެ. އޭނާއަށް މިއުޒިކު ދާއިރާއިން ވަރަށް ގިނަ އެވޯޑުތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު