ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ގެ ކުރިއަށް އޮތް ފިލްމު "ބެޓްލް އޮފް ގަލްވާން" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމަކީ އަޕޫރްވާ ލާކިއާ އާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ޖެނުއަރީ ނުވަތަ ޖޫންގައި ނެރޭނެ ކަމަށް ރިޕޯޓުތައް ބުނިނަމަވެސް، އަންނަ އަހަރުގެ ޖޫން މަހަށް ބޮޑެތި ބައެއް ފިލްމުތައް ތާވަލު ކޮށްފައި ވުމާ ގުޅިގެން ބޮޑަށް ލަފާ ކުރެވެނީ ފިލްމު ޖޫންމަހު ނެރޭނެ ކަމަށެވެ.
"ބެޓަލް އޮފް ގަލްވާން" ގައި ސަލްމާނު ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. މިއީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ.
މި ފިލްމުގައި ސަލްމާނު އާއެކު ލީޑުން ފެނިގެންދާނީ ޗިތުރަންގަދާ ސިންގް އެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހަކާ މެދު ފިލްމުގެ ޓީމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ތާރީހު ފައިނަލްވިހާ އަވަހަކަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު