ކިއާރާ އާއި ސިދާތު
ކިއާރާ އާއި ސިދާތު
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަހޮތުރާގެ އަލަތު ދަރިފުޅު އުފަން ވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކިއާރާ ވިހާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ.

އޭނާއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

މި ދެ ތަރިން އަދި މިކަން ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް ފިލްމު އިންޑަސްޓްރީގެ އިތުރުން ދެ ތަރިންނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އާއިލާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

ސިދާތު އާއި ކިއާރާގެ ކައިވެނި ކުރީ 2023 ވަނަ އަހަރު ފެބްރުއަރީގައެވެ.

އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ކިއާރާ ވަނީ ސޮއިކޮށްފައިވާ ވަރަށް ގިނަ ފިލްމުތައް ދޫކޮށްލާފައެވެ. ދަރިފުޅު އުފަންވުމަށްފަހު އޭނާ މަސައްކަތަށް އެނބުރި އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު