އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ނިޔާވި 15 އަހަރުގެ ކުއްޖާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އިއްޔެ މެންދުރުގެ ވަގުތެއްގައި މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން ގެއްލުނު އދ. މާމިގިލި ރޯޅާގޭ ލޫޠު ބިން އަޙްމަދު މޫދު އަޑިން ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަދި އެ ކުއްޖާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ މޫދަށް ގޮސް އުޅެނިކޮށް 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއް ކަމަށް ވިދާޅުވެފައެވެ.
އަދި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށާއި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސް މުޢިއްޒު ދުޢާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު