ވަރުން ދަވަން އާއި ޖާންވީ ކަޕޫރު
ވަރުން ދަވަން އާއި ޖާންވީ ކަޕޫރު
ބޮލީވުޑްގެ މަޝްހޫރު ތަރިން ވަރުން ދަވަން އާއި ޖާންވީ ކަޕޫރް ލީޑުން ފެނިގެންދާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ނެރޭ ދުވަސް އާންމު ކޮށްފިއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމު ނެރުމަށް ފުރަތަމަ ތާވަލު ކުރީ މިއަހަރުގެ އެޕްރިލްގައެވެ. ނަމަވެސް އޭގެ ފަހުން ފިލްމު ލަސްކޮށް މިއަހަރުގެ ސެޕްޓެމްބަރުގައި ނެރުމަށްވެސް ތާވަލު ކުރިއެވެ. އަދި މިހާރު ފިލްމަށް އަނެއްކާވެސް އާ ތާރީހެއް ދީފައިވާއިރު، ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 2 ގައެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އިން ވަރޫން އާއި ޖާންވީއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފާއި މަނީޝް ޕޯލް އާއި އަކްޝޭ އޮބެރޯއީ ހިމެނެ އެވެ.

މިއީ ވަރުން އާއި ޖާންވީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މި ދެ ތަރިން މީގެ ކުރިން އެކުގައި ފެނިފައިވަނީ 2023 ގައި ގެނެސްދިން "ބަވާލް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު