މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އަލްސަންގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.
މީގެ އިތުރުން އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިކަލުން ޔޫސުފް އަލްސަން މުޙައްމަދު ރޭ ހިނގާދިޔަ ހިތާމަވެރި އެކްސިޑެންޓެއްގައި ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
"މާތް ﷲ މަރްޙޫމުގެ ފުރާނައަށް ރަޙުމަތްލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި، އަދި މި ޙާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި، އާމީން"
އެ ޕޯސްޓުގައި ރައީސް ސޯލިހު ވަނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް އަނިޔާވެ އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހުގައެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) July 13, 2025
މިރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ…
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިކަލުން ޔޫސުފް އަލްސަން މުޙައްމަދު ރޭ ހިނގާދިޔަ ހިތާމަވެރި އެކްސިޑެންޓެއްގައި ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
"މާތް ﷲ މަރްޙޫމުގެ ފުރާނައަށް ރަޙުމަތްލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި، އަދި މި ޙާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި، އާމީން"
މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިކަލުން ޔޫސުފް އަލްސަން މުޙައްމަދު މިރޭ ހިނގާދިޔަ ހިތާމަވެރި އެކްސިޑެންޓެއްގައި ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން، މާތް ﷲ މަރްޙޫމުގެ ފުރާނައަށް…
— Ibrahim Mohamed Solih (@ibusolih) July 13, 2025
އެ ޕޯސްޓުގައި ރައީސް ސޯލިހު ވަނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް އަނިޔާވެ އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހުގައެވެ.
ކިޔުންތެރިންގެ ހިޔާލު