މއ. ރަބީޢު، މާލެ / ސާއިފް އަޙްމަދު ދީދީ (30އ)
މއ. ރަބީޢު، މާލެ / ސާއިފް އަޙްމަދު ދީދީ (30އ)
ސްކޭމްގެ 12 މައްސަލައެއްގައި ހިމެނޭ މީހެއްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު، ސާއިފް އަޙްމަދު ދީދީ އެވެ. މީނާ އާންމުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

ސާއިފްގެ ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ، މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި ސްކޭމްގެ މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތައް ބަންދު ކުރަން އަމުރުކޮށްފައެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ، މި މައްސަލަތައް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު