އެމްއެންޑީއެފް ކޯސްޓް ގާޑު
އެމްއެންޑީއެފް ކޯސްޓް ގާޑު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓެއް އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފްގެ ސަމާލުކަމަށް އައިކަމަށެވެ.

އެ މަސްބޯޓުގައި ޖުމްލަ 5 މީހުން ތިބި ކަމަށާއި، މިހާރު އެ މަސްބޯޓާއި މަސްބޯޓުގައި ހިމެނޭ މީހުން ކޯސްޓްގާަޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ހިއްސާ ކުރި ޕޯސްޓުގައި އިތުރަށް ބުނީ މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހިއްސާކޮށްފައެއް ނުވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް