ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
މިއީ އެމަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސް ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) މިސް ސިއާ ޓްޒޭ މިންގްއެވެ.
ރައީސް އޮފީހުން ބުނީ ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅުއްވާ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގ އާއިބެހޭގޮތުން ޕްރެޒެންޓޭޝަނެއް އެތަނުމް ދީފައިވާ ކަމަށެވެ.
އަދި މި ޕްރެޒެންޓޭޝަނަށްފަހު ދެން އޮތީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުންވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގަވާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި ޢާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެއަށްފަހު ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގ އެކިއެކި މަރުހަލާތައް ރައީސް ބައްލަވާފައިވާ ކަމްށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުތައް ގެނެވުނު ގޮތްވެސް ރައީސް ބައްލަވާލެއްވި ކަމަށް އެ އޮފީހުން ހާމަކޮށްފައި ވެއެވެ.
ޔޫ.އާރް.އޭ. އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. އަދި އެއީ. ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު