ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރަށް މިހާރު ކުރައްވަމުން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގައި ހުންނަ މަޝްހޫރު ރިޓްސް ކާލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވަކިވަކީން ބައްދަލު ކުރައްވައި، އެ ގައުމުގައި ދިރިއުޅޭއިރު ދިމާވާ އެކިކަހަލަ ދަތިތަކާ ގުޅޭގޮތުން އެ ފަރާތްތަކުގެ ވާހަކަތައް އަޑުއައްސަވާފައެވެ. އަދި ދިވެހީން އެދުނު ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މިގޮތަށް ބޭރު ގައުމުތަކަށް ރައީސް ކުރައްވާ ގިނަ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނާ އެކު ބައްދަލުވުންތައް ބާއްވަވައި، ވަގުތު ހޭދަކުރައްވާ ހައްދަވާކަން ފާހަގަކޮށްލެވެއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ، އެ ގައުމުގެ ރައީސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު