18 ދުވަސް ތެރޭ މާލޭން 381 ސައިކަލާއި، 41 ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މާލޭ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުރި 381 ސައިކަލާއި 41 ކާރު 18 ދުވަސް ތެރޭގައި ޓޯކޮށްފައިވާ ކަމަށެވެ.
އެގޮތުން މަޖީދީ މަގުގައި ޕާކުކޮށްފައިހުރި 217 ސައިކަލަކާއި ދެ ކާރު ވަނީ ޓޯކޮށްފައެވެ. އަދި ބޮޑުތަކުރުފާނު މަގުން ޓޯކުރީ 164 ސައިކަލާއި 39 ކާރެވެ.
ޓޯކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބު ފުލުހުން ޢާއްމު ކޮށްފައިވާއިރު، މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 12ގައެވެ.
އަދި ޖޫން 19ގައި ވަނީ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރާނަމަ ޓޯކުރާނެކަން އިއުލާންކޮށްފައެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން ޓޯވ ކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބު pic.twitter.com/870W1sGp2J
— Maldives Police (@PoliceMv) July 1, 2025
ޓޯކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބު ފުލުހުން ޢާއްމު ކޮށްފައިވާއިރު، މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 12ގައެވެ.
އަދި ޖޫން 19ގައި ވަނީ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރާނަމަ ޓޯކުރާނެކަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު