މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
ފެނަކައިގެ ޑީއެމްޑީ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލު ކޮށްފިއެވެ.

މިއީ މި ސަރުކާރުގައި ރުކުމާގެ ކުންފުނި ބަދަލުކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރުކުމާ އައްޔަން ކޮށްފައިވަނީ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާ އައްޔަން ކޮށްފައިވަނީ މިހަފްތާގައެވެ.

ރުކުމާ ސިޔާސީ ދާއިރާއަށް ނިކުންނަވާފައިވަނީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައެވެ. އެއަށްފަހު އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ.

ނަމަވެސް 2021 ވަނަ އަހަރު އޭނާ ވަނީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު