މޯލްޑިވްސް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް ގޭހުން ބުނީ،، މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ރިސޯޓުތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށް ކަމަށެވެ. ނަމަވެސް، އާންމު ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ބަދަލާއެކު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ރިސޯޓުތަކަށް ވިއްކާ ގޭހުންނެވެ. އެގޮތުން ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގު 25 އިންސައްތަ ބޮޑުކޮށްފައިވާއިރު، ކެފޭ/ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގު ވަނީ 15 އިންސައްތަ ބޮޑުކޮށްފައެވެ.
އަގަށް ގެނައި މި ބަދަލާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 1،314 ރުފިޔާއަށް އުފުލިފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 500 ރުފިޔާއަށް ބޮޑުވެފައެވެ.
މޯލްޑިވްސް ގޭހުން ބުނީ އަގަށް މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުން ދަތިވެ، ގޭސް އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހަރަދުތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ބުރަވިޔަ ނުދިނުމަށްޓަކައި ގޭބިސީތަކުގެ އަގުތައް ހިފަހައްޓާފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު