މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން—
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން—
ވަތަނީ ހިދުމަތަކީ މުޅީން އަލަށް ފެށޭ ހަރަކާތެއްކަމުން އެކަން ތަންފީޒު ކުރުމުގައި ސަމާލުކަން ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ސަރުކާރުން ފަށަން އުޅޭ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް ތަމްރީނުދޭ މުދައްރިބުންނާ އެކު މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއްވެސް އިސްތިހާރު ކުރުމަކާ ނުލާ ވެސް މި ޕްރޮގްރާމްގައި 900 އެއްހާ ޒުވާނުން ބައިވެރިވުމުން އެނގެނީ މިފަދަ ޕްރޮގްރާމަކަށް ބޭނުންޖެހިފައިވާ މިންވަރު ކަމަށެވެ.

އެހެންކަމުން މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ހަދަން ބޭނުންފުޅުވާކަމަށާއި ދިވެހި ވަތަނީ ހިދުމަތަކީ ދިވެހީން ބަލައިގަންނަ، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދިއުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން އެ ޕްރޮގްރާމަށް ކުރާ އުންމީދު ހާސިލުވާނެހެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޮޑު އިސްކަމެއް ދެއްވުމަށް މުދައްރިބުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.

ރައީސް ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަކީ ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް ފަރުވާތެރި އަދި ގައުމިއްޔަތުގެ ވިސްނުން ހުރި ރީތި އަހުލާގާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށް ދިނުމަކީ މުދައްރިބުންގެ އަރިހުން އެދިވަޑައިގަންނަވާ ވަރަށް ބޮޑު އެދުމެއްކަމުގައި ވެސް ވިދާޅުވެފައެވެ.

ވަތަނީ ހިދުމަތަށް ދިވެހި ދަރީން ތަމްރީނުކޮށް ނެރުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ. ހާއްސަކޮށް އެމަނިކުފާނަކީ ގައުމިއްޔަތުގެ ދާއިރާއިން ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމަށް ލޯބި ޖެހިފައިވާ ވަތަނީ ބައެއް އުފެއްދުމުގެ މުހިންމުކަން އަބަދުވެސް ފާހަގަ ކުރައްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް