ނޭޕާލްގެ ގައުމީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ނޭޕާލްގެ ރައީސް ރާމްޗަންދުރާ ޕައުޑެލް އާއި ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޮލީ އަށް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައިވެއެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް ނޭޕާލްގެ ރައީސް އަދި ބޮޑު ވަޒީރަށް ރައީސް ވަނީ ވަކި ވަކި ދެ ސިޓީފުޅެއް ވެސް ފޮނުއްވާފައި ކަމަށެވެ.
ރައީސްގެ އެ ސިޓީފުޅުގައި ރާއްޖެ އާއި ނޭޕާލްއާއި ދެމެދު އޮންނަ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އަދި ދެ ގައުމަށް ފައިދާވާ ދާއިރާތަކުން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ސިޓީފުޅު ނިންމަވާލެއްވީ ނޭޕާލްގެ ރައީސް އާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތެއް ލެއްވުމަށް އެދި ދުއާކުރައްވަމުންނެވެ. އަދި ނޭޕާލަށް ކުރިއެރުން ލިބުމަށް ވެސް ރައީސް ދުއާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު