އިޖުރާއަތޭ ކިޔައިގެން އަނގަ ހުޅުވާއިރު ޖޭއެސްސީގެ ކުރީގެ ރައީސް، ޙިސާން ޙުސައިންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް މިބީދައިން ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ޙިސާނަށް ރައްދު ދެއްވާފައިވަނީ، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ޖޭއެސްސީން ޢަމަލު ކޮށްފައިވަނީ އިޖުރާޢަތާ އެއްގޮތަށް ނޫންކަމަށް ޙިސާން ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން އެމްޑީޕީގެ އިސް ޤާނޫނީ ވަކީލަކަށްވެސް މިވަގުތު ހުންނެވި ޙިސާން ވިދާޅުވީ، ޖޭއެސްސީގެ މިހާރުގެ ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން ރިޟާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ޢަމަލު ކުރަށްވާފައިވާގޮތް ބަންޑާރަނާއިބު އަޙްމަދު އުޝާމަށް އެނގިވަޑައި ގެންފައި ނުވުމަކީ ޙައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
“ބައްލަވާ އޭޖީ، ވަތްގަނޑަކައިގެން ނޫޅުއްވާ އިޖުރާޢަތައިގެން އުޅުއްވި ނަމަ.” އުޝާމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގެ ކުރީގެ އިސްވަކީލް ޙިސާން ވިދާޅުވެފައިވެއެވެ.
ޙިސާންގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްވަކީލް ޙިސާނަކީ، ރައީސް ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރި ފަނޑިޔާރު ވަކިކުރުމަށް، ރައީސް ނަޝީދު ހުށައެޅުއްވުމުން ޖޭއެސްސީގެ ރިޔާސަތުގައި ޙިސާން އިންނަވައިގެން މައްސަލަ ބައްލަވައި ނިންމެވި ފަރާތެއް ކަމަށެވެ.
“ނަޝީދުގެ ވަކީލު ތިއީ.. ނަޝީދު ޖަލަށް ލުމަށް ހުކުމްކުރި ޤާޟީއާ ދެކޮޅަށް ނަޝީދު ހުށަހެޅި ޝަކުވާއަކަށް ބިނާކޮށް އެ ޤާޟީ މަގާމުން ވަކިކުރީ ތިޔަ ނަޝީދުގެ ވަކީލު ޙިސާން… އިޖުރާއާތޭ ކިޔައިގެން އަނގަ ހުޅުވާއިރު ހަޔާތުގެ ކަންފުޅެއްވެސް ނެތީ؟” ފަލާޙް ވިދާޅުވެފައިވެއެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ދަނީ ބަހުސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު