ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގައުމީ ޓީމަށް 100 ލަނޑު ކާމިޔާބު ކުރި ޔޫރަޕްގެ ފުރަތަމަ ކުޅުންތެރިޔާގެ މަޤާމް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ރޮނާލްޑޯ މި ރެކޯޑް ހެދީ، ޔޫއެފާ ނޭޝަންސް ލީގު ގައި ރޭ ސްވިޑަން އާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލާ އެކުގައެވެ. މި މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯއެވެ. ދެވަނަ ހާފު ފަށައިގެން ޕޯޗުގަލުން އެޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިިއިރު، މެޗުގެ 72 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ.

ރޮނާލްޑޯ ވެފައިވަނީ ފުޓުބޯޅައިގެ ތާރީޚުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. އެއްވަނައިގައި 109 ގޯލާއެކު އީރާންގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ދާއީ އޮތްއިރު، ތިންވަނައިގައި 72 ގޯލާއެކު އޮތީ އިންޑިއާގެ ސުނިލް ޗެތުރީ އެވެ. އަދި ހަތަރު ވަނައިގައި 70 ގޯލާއެކު އޮތީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީއެވެ.

މި މޮޅާ އެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތީ ޕޯޗުގަލްއެވެ. ދެވަނައިގައި އޮތީ ރޭ ކްރޮއޭޝިއާ އަތުން ފަސޭހަ މޮޅެއް ހޯދި ފްރާންސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން