ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް
ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް
ކޮލަމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވަޓަންއަށް ސޮއި ކޮށްފިއެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އުމުރުން 29 އަހަރުގެ ހަމޭޒް އެޓީމަށް ސޮއިކުރީ 20 މިލިއަން ޕައުންޑަށެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރޮޑްރިގޭޒް ސޮއި ކޮށްފައިވަނީ ބޭނުން ނަމަ އަދި އިތުރު އެއް ސީޒަންވެސް މަޑުކުރެވޭ ގޮތަށެވެ.

2014 ވަނަ އަހަރު ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކައި އެމުބާރާތުގެ ރަން ބޫޓު ހާސިލުކުރުމަށްފަހު ރޮޑްރިގޭޒްވަނީ މޮނާކޯ އިން ރިއަލް މެޑްރިޑަށް ސޮއި ކޮށްފައެވެ.

ހަމޭސް އެވަޓަންއަށް ބަދަލުވިއިރު، އޭނާ ވަނީ އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޖެލޮޓީއާއެކު ރިއަލް މެޑްރިޑާއި ބަޔާން މިއުނިކުގައި މަސައްކަތްކޮށްފައެވެ. އަދި ހަމޭސް ގަތުމަށް އެވަޓަންއިން މަސައްކަތް ފެށީ އަންޖެލޮޓީގެ އެދުމުގެ މަތިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 2014 ވަނަ އަހަރު ރެއާލް އާއި ގުޅުނު ހަމޭސް ވަނީ ރެއާލްއަށް 85 މެޗު ކުޅެދީ 29 ގޯލް ޖަހާފައެވެ.

ހަމޭސް ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، ހިމެނޭގޮތުން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެވަޓަންއިން ހަމޭސްގެ ސޮއި ހޯދިއިރު، އެ ކުލަބުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނަޕޮލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަންގެ ސޮއިވެސް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން