ކުރީ ސަރުކާރުން އަމީނީމަގު ތަރައްގީ ކުރުމަށް ހިންގި މަޝްރޫޢުގެ އެއްބަސްވުމާއި މަޝްރޫއު ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އޭރުގެ ހައުސިން މިނިސްޓްރީއަށް ފޯމު ހުށަހެޅީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށެވެ.
އެގޮތުން އެފޯމުގައި އެދިފައިވަނީ، އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތަފްސީލީ ޑިޒައިން ކުރެހުންތަކާއި، އަމީނީ މަގު އަލުން ހެދުމުގެ ތެރޭގައި އެއްވެސް ގަހެއް ނަގާ ނުވަތަ ކަނޑާނެ ނަމަ އެކަން ކުރުމަށް ރާވާފައިވާ ގޮތާއި، އަމީނީމަގު ރީޑިވެލޮޕްމަންޓް މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް ސާވޭއެއް ކުރެވިފައިވާނަމަ އެކަމާ ގުޅޭ މައުލޫމާތާއި، ފާސްކޮށްފައިވާ ވޯކް ޕްލޭނާއި ޝެޑިއުލާއި މިނިސްޓްރީއާއި އާރްޑީސީއާއި ދެމެދު މިކަމާއި ގުޅޭގޮތުން ހެދިފައިވާ އެއްބަސްވުމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.
ނަމަވެސް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމާފައިވަނީ މި މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ. އެހެންކަމުން އެފަރާތުން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތުތައް ފަސް ދުވަހުގެ ތެރޭގައި އެފަރާތަށް ފޯރުކޮށްދިނުމަށެވެ.
އެކަމާގުޅިގެން ކުރީގެ ސަރުކާރުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމާފައި ވަނީ އެ މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ދަޢުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ.
އެގޮތުން މައްސަލައިގެ ޙުކުމް އިއްވަވަމުން ފަނޑީޔާރު ޝުޖޫން ވިދާޅުވީ ދަޢުލަތުން މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ކޯރެއްގެ އައްސޭރިފަށުން އެކި ހިސާބުތަކަށް ދޮށި އުކައިގެން ވިޔަސް މަހެއް ބޭނޭތޯ އުޅޭފަދަ ގޮތަށް ކަމަށެވެ. އޭގެއިތުރުން އެކި މަރުހަލާތަކުގައި އެކި ސަބަބު ދައުލަތުން ދައްކައިގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
“ގާނޫނުގެ ރޫހަކީ އަދި މަގުސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުން. މީހަކު ހޯދަން އެދިއްޖެ މައުލޫމާތަކީ ގާނޫނުން އިސްތިސްނާއަކަށް ފެތޭ މައުލޫމާތެއް ނަމަ، އެންމެ ފުރަތަމައިން ވެސް އިންފޮމޭޝަން އޮފިސަރު އެކަން ހާމަކުރަން ވާނެ.” ސުޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ.
ނަމަވެސް އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަކީ އެ ބާވަތުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލޭނެ އެންމެ ފަހު މަރުހަލާއަކީ ހައިކޯޓު ކަމަށެވެ.
ފަނޑިޔާރު މަހާޒުގެ އިއްވެވި ރައުޔުގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އޮތްގޮތުން، މިއީ ސުޕްރީމް ކޯޓަށް ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
“ގާނޫނުގެ މި އަކުރަށް ބަލާއިރު، މި އަކުރުގައި ޝަރުއީ ކޯޓުތަކުގެ ބަދަލުގައި ލިޔެފައިވަނީ މުފްރަދުކޮށް، ‘ޝަރުއީ ކޯޓަކުން’ މި ގޮތަށް. އަދި ‘މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަންޏެވެ.’ ބަޔާންކޮށް، އިސްތިއުނާފީ އެހެން މަރުހަލާތައް އެވަނީ ސާފު އިބާރާތުން އިސްތިސްނާ ކޮށްފައި. މީގެ އިތުރަށް މި މާއްދާގެ (ހ) ގައި ހައިކޯޓުގެ އިތުރުން، ސުޕްރީމް ކޯޓުގެ ވާހަކަ ބަޔާންކޮށްފައި ނުވޭ.” ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވިއެވެ.
އެހެންކަމުން މަހާޒް ވިދާޅުވީ މި އުސޫލުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާ މައްސަލަތަކަކީ އެ ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން އިސްތިއުނާފީ މަރުހަލާ ނިމިގެންދާ މައްސަލަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު