އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ޑްރޯންތަކެއް ބޭނުންކޮށް ދިން ހަމަލާއެއްގައި ހަ މީހަކު މަރުވެއްޖެ އެވެ.
ނިރުބަވެރި އިސްރާއީލުން ވައިގެ މަގުން ދިން މި ހަމަލާގައި މަރުވި ހަ މީހުންގެ ތެރޭގައި ފަލަސްތީނުގެ ފުރާވަރުގެ ކުއްޖަކާއި އޭނާއާ އެއްބަނޑު ތިން ފިރިހެން ކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ބުނީ އަންގާރަ ދުވަހުގެ ހަވީރު އިސްރާއީލުން ޑްރޯންއެއް ބޭނުންކޮށް ކޭމްޕުގެ ވަށައިގެންވާ ސަރަހައްދުގެ މަގެއްގައި ތިބި ބަޔަކަށް ތިން މިސައިލް ހަމަލާ ދިން ކަމަށެވެ. މި ހަމަލާތަކުގައި 15 އަހަރުގެ ކުއްޖަކު ހިމެނޭ ގޮތަށް ހަ މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނިރުބަވެރި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތަމްމޫން ޓައުންއަށް މި މަހުގެ ކުރީކޮޅު ދިން ޑްރޯން ހަމަލާއެއްގައިވެސް ފަލަސްތީނުގެ ދެ ކުއްޖަކާއި އެއް އާއިލާއެއްގެ 23 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ޖެނިން ކޭމްޕަށް ޑްރޯން ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީ މަދުކޮށްލުމުގެ ނިޔަތުގައެވެ. އިސްރާއީލުގެ މިފަދަ ހަމަލާތައް ބޮޑަށް އަމާޒުވަނީ ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށާއި މަގުމަތުން ފެންނަ އާއިލާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު