ސަޅަކް 2 ގެ ޕޯސްޓަރެއް
ސަޅަކް 2 ގެ ޕޯސްޓަރެއް
ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ފަހަތުގައި ވާކަމަށް ތުހުމަތު ކުރެވޭ މަހޭޝް ބަޓްގެ "ސަޅަކް 2" ފްލޮޕް ވެއްޖެއެވެ.

މިހާތަނަށް ބޮލީވުޑްގެ ފިލްމަކަށް އެންމެ ދަށުން ލިބުނު ރޭޓިންގ އާ އެކު "ސަޅަކް 2" ވެފައިވަނީ ބޮލީވުޑްގައި މިހާތަނަށް ރިލީޒްކުރި އެންމެ ނާކާމިޔާބު އެއް ފިލްމަށެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައި މިއަދު ރިލީޒް ކުރި ފިލްމަށް އައިއެމްބީޑީބީ ގައި ލިބުނު ރޭޓިންގ އަކީ 1.2 އެވެ. ހަމައެހެންމެ، ބައެއް ކްރިޓިކުން ބުނެފައިވަނީ މިއީ 2020 ގައި ނުކުތް އެންމެ ފީކަޅާ ފިލްމު ކަމަށެވެ.

"ސަޅަކް 2" ގައި މުހިއްމު ރޯލުތަކުން ފެނިގެންދަނީ އާލިއާ ބަޓްގެ އިތުރުން ސަންޖޭ ދަތާއި، އަދިތުޔާ ރޯއީ ކަޕޫރެވެ. ނެޕޮޓިޒަމްގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އާލިޔާ ބަޓާއި، މަހޭޝް ބަޓް ހިމެނެއެވެ. މީގެ އިތުރުން ފިލްމީ އާއިލާތަކުން އަންނަ "ސްޓާރ ކިޑުން" ގެ ހުރިހާ ފިލްމެއް ބޮއިކޮޓު ކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

"ސަޅަކް 2" އަށް މިހާ ބޮޑު ނާކާމިޔާބެއް ކުރިމަތި މިވީ، މީގެ ދެހަފްތާ ކުރިން ޔޫޓިއުބްގައި ނެރުނު އެ ފިލްމުގެ ޓްރެއިލާއަށް ވެސް އެތައް މިލިއަން ޑިސްލައިކް ލިބިފައި ވަނިކޮށެވެ. މި ފިލްމަށް ޢާއްމުންގެ ތަރުޙީބު ލިބިފައި ނުވަނީ ޖޫން 14 ގައި މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ބޮލީވުޑާ ގުޅުވައިގެން ދެކެވޭ ނެޕޮޓިޒަމްގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން