މަރްޔަމް ނަހްދާ ވަޙީދު   10 ޑިސެމްބަރު 2024 - 6:7
ސަލްމާނު ޚާން އާއި ޔޫލިއާ ވަންތުރު، އަދި އޭނާގެ މަންމަ އާއި ބައްޕަ- ގޫގުލް އިމޭޖެސް
ސަލްމާނު ޚާން އާއި ޔޫލިއާ ވަންތުރު، އަދި އޭނާގެ މަންމަ އާއި ބައްޕަ- ގޫގުލް އިމޭޖެސް
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގެ ސަބަބުން ބޮލީވުޑްގެ ބްލޮކްބަސްޓަރު ތަރި ސަލްމާން ޚާން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ހަބަރު ފެތުރެން ފަށައިފިއެވެ.

މި ހަބަރުތައް ފެތުރެން ފަށާފައިވަނީ ސަލްމާނުގެ ލޯބިވެރިއާކަމުގައި ބުނަމުންދާ ޔޫލިއާ ވަންތުރުގެ މީސް މީޑިއާގައި ހިއްސާ ކުރި ފޮޓޯ އެއްގެ ސަބަބުންނެވެ. އެ ފޮޓޯއަކީ އޭނާ ސަލްމާނު އާއި އޭނާގެ ބައްޕަ އާއެކު ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ ހިއްސާ ކުރުމާއެކު އެތައް ބަޔަކު ވަނީ އެ ޕޯސްޓުގެ ކޮމެންޓު ސެކްޝަން ފުރާލާފައެވެ. ގިނަ މީހުން ދައްކަނީ އެދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށެވެ.

މި ފޮޓޯތައް ނަގާފައިވަނީ ޔޫލިއާގެ ބައްޕަގެ އުފަންދުވަސް ހަފްލާގެ ތެރެއިންނެވެ. ޓުއާއެއްގައި ދުބާއީގައި ހުރި ސަލްމާނު ވަނީ ޔޫލިއާގެ ބައްޕަގެ އުފަންދުވަހުގެ ހަފްލާގައި ބައިވެރި ވެފައެވެ.

ސަލްމާނު އާއި ޔޫލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ އަޑު ފެތުރޭތާ މިހާރު އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް މި ދެ މީހުންވެސް މިއަކަށް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން