އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
ޝަންގްރިއްލާ ކުންފުނިން އައްޑޫގައި ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފި އެވެ.

ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ރަހީމް ފްލީން ސޮއެކޮށް އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ސަބަބުން ރިސޯޓުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނަން ގޮތްތަކެއް ބެލި ނަމަވެސް ހިންގޭނެ އެއްވެސް ގޮތެއް ނުފެނުމުން ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.

އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ އެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި މުވައްޒަފުންނަށް މުސާރަ ކުޑަކުރުމަށް ފަހު ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިނުމަށްފަހު ރިސޯޓު ވަނީ ބަންދުކޮށްފައެވެ. ނަަމަވެސް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއިއެކު، ގިނަ ރިސޯޓްތައް އަންނަނީ ހުޅުވަމުންނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވި ނަމަވެސް އުއްމީދު ކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން