ކުޑަކުދިންގެ ޕާކް ސަޕްލައި ކުރުމަށް އެއްބަސް ވުމުގައި ސޮއި ކުރުމުގެ ތެރެއިން
ކުޑަކުދިންގެ ޕާކް ސަޕްލައި ކުރުމަށް އެއްބަސް ވުމުގައި ސޮއި ކުރުމުގެ ތެރެއިން
ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅުމަށް ހަމަޖެހިފައިވާ މި ޕާކް ސެޓްތައް 35 ދުވަހުގެ ތެރޭގައި ގެންނަން ޖެހޭއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ 7،999،682.2 ރުފިޔާއަށް ކަމަށެވެ.



މި މަސައްކަތް ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.

މީގެކުރިން ވެސް މިނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން