މިނިސްޓަރ އަޙްމަދު މަޙްލޫފް (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
މިނިސްޓަރ އަޙްމަދު މަޙްލޫފް (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ އިންތިޚާބާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފު މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ޚިލާފަށް އެފްއޭއެމްގެ އިންތިޚާބު ބޭއްވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މަހްލޫފާ ސުވާލު ކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. މާދަމާގެ ޖަލްސާގައި މަހްލޫފާ ސުވާލު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ.

މެމްބަރު ހުސެއިން ޝަހީމް މަހުލޫފާ ކުރައްވާ ސުވާލަކީ، އެފްއޭއެމްގެ އިންތިޚާބު ބާއްވާފައިވަނީ ކުޅިވަރު ވަޒީރު، އެ އިންތިޚާބު ބޭއްވުން ފަސްކުރުމަށް އެދިފައިވަނިކޮށް ކަމަށްވުމުން އިންތިޚާބު ބާއްވާފައިވަނީ މަހުލޫފުގެ އެންގުމާއި ޚިލާފަށް ކަމަށް ގަބޫލު ކުރަންތޯ އާއި އެފްއޭއެމްގެ އިންތިޚާބު ކުޅިވަރު ވަޒީރު ގަބޫލު ކުރައްވަންތޯ ސާފުކުރުމަށް ކުރާ ސުވާލެކެވެ.

މީގެ އިތުރުން ކުޅިވަރު ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާތަކާއި އެއްވެސް ހައިސިއްޔަތަކުން ގުޅުންބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެތޯ އާއި، އަދި ޤާނޫނާ ޚިލާފަށް އޮޕަރޭޓުކުރާ އެއްވެސް ،ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާއަކަށް ދައުލަތުގެ ކުޅިވަރު ބިންތަކާއި އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީ، ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރެވިފައިވާނެތޯ ވެސް މަހުލޫފާ ކުރައްވާ ސުވާލު ތަކުގެ ތެރޭގައި ހިމެނެއެވެ.

އެފްއޭއެމްގެ އިންތިޚާބާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމްވެސް މީގެ ކުރިން ވަނީ މަހްލޫފަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި އެ މައްސަލާގައި މަހްލޫފް މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްފައިވާއިރު އެކަމާ ގުޅިގެން ވެރިކަން ހިންގާ ކޯލިޝަންގެ އެމްޑީޕީގެ ސީނިއަރ ބައެއް މެމްބަރުންނާއި މަހްލޫފުގެ ގުޅުން ވަނީ ގޯސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން