ޔޫތް މިނިސްޓްރީ އިން ޤާއިމްކޮށްފައިވާ ސުވިމިންގ ޓްރެކެއް
ޔޫތް މިނިސްޓްރީ އިން ޤާއިމްކޮށްފައިވާ ސުވިމިންގ ޓްރެކެއް
4 ރަށެއްގެ ސުވިމިންގ ޓްރެކް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޙްލޫފް ވިދާޅުވީ، އެއީ ސ. ފޭދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ އަދި ސ. މީދޫގެ ސުވިމިންގ ޓްރެކް ހެދުމުގެ މަސައްކަތް ކަމަށެވެ.

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ގާއިމު ކުރެވުނު ސުވިމިންގ ޓްރެކު ތަކުގެ ސަބަބުން ފެތުންތެރިންނަށް އެތަކެއް ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ހަމައެއާއެކު އާންމު ރައްޔިތުންނަށްވެސް މި ފެސިލީޓީތައް ބޭނުން ކޮށްގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އިތުރު ފަސޭހަތަކަކާއި ލުއި ތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.



އަންނަ އަހަރު އަދި މިކަހަލަ އިތުރު ޓްރެކް ތަކެއް ގާއިމު ކުރައްވާނެ ކަމަށްވެސް މިނިސްޓަރ މަހުލޫފް ގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން