އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެފްރިކާގެ ހިޖުރަވެރިން ހޯދުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނިރުބަވެރި އިސްރާއީލުން އެގައުމުގައި ތިބި އަދި އެގައުމަށް އަންނަން ބޭނުންވާ އެފްރިކާގެ ހިޖުރަވެރިންނަށް ޣައްޒާގެ ހަނގުރާމައިގައި ބައިވެރިވުމަށް ހުށައަޅަމުން ދާއިރު އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ވަނީ އެފްރިކާގެ ހިޖުރަވެރިން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވެއްޖެ ނަމަ އެގައުމުގައި ތިބުމުގެ ދާއިމީ ހުއްދަ ދޭނެ ކަމަށް ބުނެފައެވެ.
އަލްޖަޒީރާއިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން އިސްރާއީލުގެ މި ހުށައެޅުން އެފްރިކާގެ ހިޖުރަވެރިންނަށް ހުށައަޅާފައިވާކަމަށް އެގައުމުގެ މީޑިޔާއެއް ކަމަށްވާ ހާރެޒް އިންވެސް ވަނީ ބުނެފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫ ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ހިޖުރަވެރިންގެ އުނދަގޫ ބޮޑުވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިހާރު ދަނީ އެމީހުން ހޯދައި އެމީހުންނަކީ ބޭނުންތެރި ބައެއް ކަމަށް ބުނަމުންނެވެ.
އިސްރާއީލުގެ ހާރެޒް ނޫހާ ވާހަކަ ދައްކަމުން އަސްކަރީ މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި މި ރިކްރޫޓްމަންޓް އިންތިޒާމް ކުރަނީ "ޑިފެންސް އެސްޓޭބްލިޝްމަންޓް އެޑްވައިޒަރުންގެ ގާނޫނީ އިރުޝާދާއެކު" ނަމަވެސް އެ ރިކްރޫޓްތައް ބޭނުންކުރާނެ ގޮތް އާންމުކޮށްފައެއް ނުވެއެވެ.
ޔަހޫދީ އިސްރާއީލުގެ ލީޑިން ރެފިއުޖީ އެޑްވޮކޭޝަން އޯގަނައިޒޭޝަން ހޮޓްލައިން ފޯ ރެފިއުޖީސް އެންޑް މައިގްރެންޓްސްގެ ޕަބްލިކް ޕޮލިސީ ޑިރެކްޓަރު ޝިރާ އަބޯ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް އިސްރާއީލުގައި 30،000 އެއްހާ ރެފިއުޖީން ހިމާޔަތް ހޯދަމުންދާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ސޫދާނާއި އެރިޓްރިއާގެ މީހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 41،226 މީހުން މަރުވެ 95،413 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު