ބާސެލޯނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ (ކ) އާއި އޭނާގެ އަންހެނުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ (ވ)
ބާސެލޯނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ (ކ) އާއި އޭނާގެ އަންހެނުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ (ވ)
ބާސެލޯނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއި އޭނާގެ އަންހެނުން، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތީމް ލަވަ އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝަކީރާ އާއި ޕީކޭ ގެ ޢާއިލާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައިސްފައިވަނީ ރޭ 10:00 ޖެހިއިރު ޕްރައިވެޓް ޖެޓެއްގަ އެވެ. އެ މީހުން ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ވާލްޑޮފް އެސްޓޯރިއާ އިތާފުށީގަ އެވެ. މި ދެ ތަރިން ރާއްޖޭގައި 10 ދުވަހު ޗުއްޓީއެއް ހޭދަކުރާނެ އެވެ.

ވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ފީކޭ ވަނީ ބާސެލޯނާ އާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

ސޯޝަލް މީޑިއާގައި 100 މިލިއަނެއްހާ މީހުން ފޮލޯ ކުރާ ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިއުންތެރިންގެ ލިސްޓުގައި ހިމެނޭ ޝަކީރާ އަކީ "ހިޕްސް ޑޯންޓް ލައި" އާއި "ވެނޭވާ، ވެނޭވާ" ފަދަ މަޝްހޫރު އެތައް ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ. ޝަކީރާގެ ކެރިއަރުގައި މިހާތަނަށް 11 އަލްބަމް ނެރެފައި ވާއިރު ޝަކީރާއާ ޕީކޭ ދިމާވީ، ޝަކީރާގެ އަޑުން ކިޔާފައިވާ 2010 ގެ ވޯލްޑް ކަޕުގެ ރަސްމީ ލަވަ "ވައްކާ ވައްކާ" ގެ މިއުޒިކް ވީޑިއޯ އުފެއްދުމުގެ ތެރެއިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވެފައިވާ މިފަދަ ދުވަސްވަރެއްގައި ޕީކޭ އާއި ޝަކީރާ ފަދަ ދުނިޔެއަށް މަޝްހޫރު ތަރިންތަކެއް ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމެކެވެ. ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު، ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމުން ފުރަތަމަ އެއް މަސް ދުވަހު ރާއްޖެ އައީ 5،177 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިއީ ނިސްބަތުން މަދު އަދަދެކެވެ.

ޝަކީރާ އާއި ޕީކޭ މީގެ ކުރިންވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން