މަރްހޫމް ޑރ. އިބްރާހިމް ޢަބްދުލް މާލިކް
މަރްހޫމް ޑރ. އިބްރާހިމް ޢަބްދުލް މާލިކް
ސައިންސް އެޑިއުކޭޝަން ސެންޓަރ، ނުވަތަ މިހާރުގެ ސީއެޗްއެސްއީ ގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އިބްރާހިމް ޢަބްދުލް މާލިކް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކޯވިޑް-19 ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

1971 ވަނަ އަހަރު ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ ޑރ. އިބްރާހިމް ޢަބްދުލް މާލިކަކީ ހާވާޑް ޔުނިވަރސިޓީ އިން އެންމެ ފުރަތަމަ ފުރުސަތު ލިބިވަޑައިގެން އެ ޔުނިވަސިޓީން މަތީ ތަޢުލީމް ހާސިލު ކުރެއްވި ކަޅުނަސްލުގެ އެމެރިކާ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި 70 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އުސްތާޛްގެ މި ކުއްލި ވަކިވެ ދިއުމަކީ، މުޅި އިސްލާމީ ދުނިޔޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފުން ހިތާމައެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މަރުހޫމް ޑރ. އިބްރާހިމް ޢަބްދުލް މާލިކް އަވަހާރަވީއިރު ޢުމުރުފުޅަކީ 97 އަހަރެވެ. މާތްﷲ އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ޝުޢޫރުފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން