ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެންމެ މުހިންމީ މާތްﷲ އަށް ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން އިހުރިޔާރު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއީ ކޯވިޑް-19 ގެ ސަބަބުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޞިއްޙީ މާހިރުން ގުޅިވަޑައިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ އުނދަގޫ ދަނޑިވަޅެކެވެ. އެހެންކަމުން ނައިބު ރައީސް ވަނީ މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވައިގެން ގޭގައި ތިއްބެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ނައިބުރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި، މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހެއްދުމަށް ދިވެހިރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ކޯވިޑް-19 އަށް ދިވެހި ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ ބަލި އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގުމަށާއި އެނޫން ގަޑިތަކުގައިވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެކުގައި މަގުމަތީގައި ނޫޅުމަށް ވަނީ އަންގާފައެވެ. މީގެއިތިރުން ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ވިޔަފާރިތައް ހުއްޓާލުމަށާއި ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ކާބޯތަކެތި ޓޭކް އަވޭ ޚިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.

ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރައްވައި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެވަޑައި ނުގެންނެވުމަށާއި ނުކުމެ އުޅުއްވާއިރުވެސް އިޖުތިމާޢީ ގައިދުރުކަން އިހުތިޔާރު ކުރެއްވުމަށްވެސް ޞިއްޙީ އިދާރާތަކުން އަންގަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


33

އެކޮއި

04-Apr-2020

ރައީސްލް ޖުމުހުރިއް ޔާގެ ނައިރައީސް ފައިސަލް ނަސީމް ކެދިކޮޅުދޫ ދާއިރާގެ މެންބަރު އީސަ ވިދާޅުވިގޮތައް ވިދާޅުނުވީ ކީވެގެންބާ ކެދިކޮޅުދޫ ދާއިރާގެ މެންބަރު އީސަވިދާޅުވީ ރާއްޖެތެ ރޭމީހުން ކުއްޔައް ހިފާފަ ހުރިތަންތަނަށް ކުލިނުދޭނަމަ އެތަން ދޫކޮއްފަ އަވަރަށަ ބަދަލުވާށޭ މާލޭމީހުން މާލޭގަ ތިބޭށޭ އީސައައް އެއްވެސް ފަހަރަކު ބުނާކަށްނޭގުނު ރައްޔަތުުންގެ އަތުން ޓެކުސް ނަގާފަ އެފައިސާ ނަހަމަ ގޮތުގަ އަހަރުމެން މިބޭނުން ކުރާއިރު ރައްޔަތުުން ނައް މިފަދަ ނިކަމެތި ކަމެއްލިބުނީމާ އެމީހުން މާލެދޫ ކޮއްލާފަ ފައިބައިގެން ދިއުމުގެ ބަދަލުގަ އެމީހުނައް ދައުލަ ތުން ދެވޭނީ ކިހާވަރެއްގެ އަމިއްޔަތު ކަމެއްބާ ނޫނީ ކުލިކުޑަކޮއްދިނު މައް މަޖިލީހުގަ ބަހުސް ކުރެވިދާނެ އެހެން ނޫނީ ސަރުކާރުން މިކަމައް ހައްލެއް ހޯދަދެވިދާނެ ތޯ ސަރުކާރާ މަސްވަރާކުރެވިދާނެ އެގޮތުން ހައްލެއް ނުލިބެޖެނަމަ ދެން ވިދާޅުވެވިދާނެ އަޅުގަޑުމެން ވަރައް މަށަކަތް ކުރެވިއްޖެ އެކަމައް ހައްލެނުލިނު އެވީމާ ކުއްޔަދިރިއުޅެމުން އަންނަ ފަރަތްތަކަ ދެން އޮތީ އެބައެއްގެ ރަށަ އެބަޔަކު ހިޖުރަ ކުރުން އެނުނިި އެބޭފުޅުން އިތުރައް ދަރަނިވެރިިވާނެ ކަމަޑް ގަބޫލު ކުރެވޭތީ ވަރައް ބޮޑައް ނިހާޔަތަ މާފަށް އެދިހުރެ މިިވާހަކަ މިިބުނެ ދެވުނީ އެއްވެސް ހާލެއްގަ ރައްޔަތުން ނިިކަމެތި ވާވާހަކައެއް ދެއްކެވިި ފަވާނަމަ އަޅުގަޑު ރައްޔަތުންގެ ކިިބައޖން މާފައް އެދެން



ޓްރެންޑިން