ދައުލަތަށް ނުލިބި ވާ އެތައް ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން ނުދައްކާ ހުރި ޓެކްސް ފައިސާ ވެސް ހިމެނޭ ކަމަށް މޯލްޑިވްސް އިންލެންް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 15 ބިލިއަން ރުފިޔާއަށް އަރާ ކަމަށެއެވެ.
އެގޮތުން ޓެކްސްގެ ފައިސާގެ ގޮތުގައި 7.7 ބިލިއަން އަދި ރިސޯޓްތަކާއި އެހެންތަންތަނުން ކުލީގެ ގޮތުގައި ވެސް 7.8 ބިލިއަން ރުފިޔާ ވަރު ދައުލަތަށް ލިބިފައި ނެތް ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ޓެކްސްގެ ފައިސާގެ ތެރެއިން ނުލިބި ވާ ފައިސާގެ އަދަދު 7.7 ބިލިއަނަށް އިތުރުވެފައި ވަނީ ކޮވިޑާއެކު ވަރަށް ގިނަ ލުއިތަކެއް ހުރިހާ ފަރާތްތަކަކަށް ވެސް ދެމުން ދިއުމުން ކަމަށެެވެ.
"ޓެކްސްގެ ޑިއުގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބިލިއަނާ ގާތަށް މި ޑިއުސް މި އުޅޭނީ ދެ އަހަރުގެ ތެރޭގައި އެކިއުމުލޭޓްވެފައި ހުރި ފައިސާ. އަދި މީގަ އެބަހުރި 5.7 ބިލިއަން ރުފިޔާގެ ޓެކްސް. ބާކީ ފައިން ގޮތަށް މި ބެލެވެނީ. އެހެންވީމާ 5.7 ބިލިއަން ރުފިޔާގެ ޓެކްސް ކަލެކްޓްކުރަން އަޅުގަނޑުމެން މަަސައްކަތްތަކެއް ފަށައިގެން މި ކުރިއަށް ގެންދަނީ. 5.7 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ދައުލަތުގެ ކުންފުނިތަކުން ދައްކަން ޖެގޭ ޓެކްސްއާ އަދި އޭޖެންސީތަކުން ދައްކަން ޖެހޭ ޓެކްސްވެސް ހިމެނޭ." ޒަރީރު ވިދާޅުވި އެވެ.
ނަމަވެސް ކުންފުނިތަކުން ނުދައްކާ އޮތް ޓެކްސްގެ ޖުމްލަ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު