އަހުމަދު ޔާމިން   12 އޯގަސްޓު 2020 - 15:34
ބޮލީވުޑްގެ އެކްޓަރ ސަންޖޭ ދަތު
ބޮލީވުޑްގެ އެކްޓަރ ސަންޖޭ ދަތު
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތަށް ލަންގް ކެންސަރ ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އެގައުމުގެ ލިލަވާތީ ހޮސްޕިޓަލުގައި މިދިޔަ ހޮނިހިރު ދުވަހު ސަންޖޭއަށް ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. ސަންޖޭ ހޮސްޕިޓަލަށް ދިޔައީ ނޭވާލާން އުނދަގޫވެގެން ކަމަށް ވެއެވެ.

މިޑިއާތަކުން ބުނެފައިވަނީ ސަންޖޭ އުޅެނީ ލަންގް ކެންސަރު ސްޓޭޖް4 ގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫންކަމަށް ވެއެވެ.

ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ އިރެއް ނުވެ ސަންޖޭ މިވަނީ ދުވަސްކޮޅަކަށް މަސައްކަތަށް ދުރަށް ޖެހިލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ސަންޖޭ ބުނީ، އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުން އެކަމާއި މާބޮޑަށް ކަންބޮޑުނުވުމަށް އެދޭ ކަމަށާއި ފިލްމީ ދާއިރާއިން ބްރޭކެއް ނަގަނީ ސިއްހީ ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ.

އަދި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ވެސް ސަންޖޭ ބުންޏެވެ. ސަންޖޭ ފަރުވާ ހޯދަމުންދަނީ ކޮން ބައްޔަކަށް ކަން ނުބުންޏަަސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ވަނީ ލަންގް ކެންސަރު ޖެހިފަ އެވެ.

ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ "ކަލަންކް" އިންނެވެ. ސަންޖޭ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "މުންނާ ބާއީ" އާއި "ސަދަކް" އާއި "ގުމްރާހް" އާއި "ނާމް" އަދި "ސާޖަން" ހިމެނެ އެވެ. ސަންޖޭއަށް ކެންސަރު ޖެހުނު އިރު އޭނާގެ އަންހެނުން މަންޔަތާ ދަތާއި ދެ ކުދިން ތިބީ ދުބާއީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން