ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މެޑަމް ފާތުމަތު ހިންގެވި ސަދަގާތު ފައުންޑޭޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެގޮތުން މި ސަރުކާރުން ވައްކަން ކުރާ ވާހަކަ ދައްކާއިރު ބައެއް ވެރިކަމުގައި ފައުންޑޭޝަންތަކާއި ޖަމިއްޔާތައް ހަދައިގެން ވައްކަަން ކުރި ގޮތް ބައެއް ސަރުކާރުތަކުން ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން 150 އިން 200 އިން ކޯޓާ ނަގައިގެން ކުރި ކަންތައް މިއަދު ނުކުރަނީ ކީއްވެގެންތޯ އަބްދުއްރަހީމް ރޭ ސުވާލު ކުރެއްވި އެވެ.

"ކޮބައިތޯ މިއަދު ސަދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯވީ؟ ކީއްވެގެންތޯ ހިތާނީ މޫސުން މިއަދު ނުގެންނަނީ؟ މިވާހަކަ މި ދައްކަނީ މިކަންކަން ރައްޔިތުންނަށް އެނގެން ޖެހޭތީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަދަގާތު ފައުންޑޭޝަނުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވެސް ތުހުމަތުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން