މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ހިލޭ ފޮނުވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހަށް ޝެޑިއުލް ކޮށްފައިވާ މި ފްލައިޓުން ކޮންމެ އާއިލާއަކަށް ވެސް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލްގައި ވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ލަންކާއަށް ފޮނުވޭނެ ތަކެތީގެ ތަފްސީލާއި އެކަން ކުރާނެ ގޮތް ވެސް ހާމަ ކޮށްފައެވެ.

މި އިއުލާނުގައި ބުނީ، ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ވާނެ ކަމަށެވެ. ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ވެސް ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވެސް ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

މިގޮތަށް ފޮނުވާ ތަކެތި ބަލައިގަންނާނީ ގްރޭޓަރ މާލޭ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން