ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުން ކަރަންޓްގެ ހިދުމަތް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިރޭ ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.



އެހެންކަމުން ކަރަންޓް ކެނޑެން ދިމާވި ސަބަބު ހޯދައި އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އަދި މިކަމަށްޓަކައި ދިމާވާ ދަތިތަކަށް އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން