ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓް
ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓް
"ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހާ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓްގެ ދަށުގައި ވަނިކޮށް ފެނިފައިވާ ކަމަށާއި، އޭނާގެ އެއްވެސް ޙަރަކާތެއް ނެތްކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ޤައުމީ ދިފާއީ ބާރުން މިއަދު ބުނީ ގެއްލުނު މީހާ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ފެނިފައިވަނީ ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށާއި އޭނާގެ ޙަރަކާތެއް ނެތް ކަމަށެވެ. އަދި އެމީިހާ ކާށިދޫ ސިއްޙީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.

އަދި އޭނާގެ ފުރާނަ ހުރިތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޑޮކްޓަރުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ.

"މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައި." އެމްއެންޑީއެފުން މިއަދު ހެނދުނު ހާމަ ކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ހަރަކާތްތެރިވި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން