އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފުލުހަށް ހާޒިރުވާން އެންގުމުން އެކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާޢީލް މާދަމާ މެންދުރުފަހު 3:00 އަށް ފުލުހަށް ހާޒިރުވާން މިއަދު ފުލުހުންވަނީ އޭނާއަށް ޗިޓް ފޮނުވާފައެވެ.

ފުލުހުންގެ ޗިޓުގައި ބުނީ، އޭނާ ހާޒިރުކުރަނީ އާރުޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަމާ މެދު ސުވާލުކުރަން ކަމަށެވެ.

އެއާއިއެކު ފައްޔާޒުވަނީ އެ ތުހުމަތުކުރާފަދަ އެއްވެސްކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބަލަނީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިދާނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަން ސާބިތުކަމާއެކު ދަންނަވާ ކަމަށެވެ.



އެކަމާއި ގުޅިގެން ރައީސް ޞާލިޙް މިރޭ އެކްސްގައި ވިދާޅުވީ، އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް ފެނިފައިވާ އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ.

އަދި އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ައަލީ

01-Apr-2024

ލަސްވެއްޖެ ހައްޔަރުކުރަންވެސް


-1

ރައްޒާޤް

01-Apr-2024

ސޯލިހުމެން ތިދެކެނީ ސިޔާސީ ލީޑަރުން ކަމަށްވަންޏާ އެމީހުން ކުއްކޮށްފިއްޔާ އަޅާކަހާވެސް ނުލާ ދޫކޮށްލާށޭ ނިކަމެއްޗަކު ކުށެއްކޮށްފިއްޔާ އަވަހައް އަދަބު ކަޑައަޅާށޭ ބަލަގަ ޤާނޫނު ހަދާފައިވަނީ އެންމެންނަށްކަމެއް ސޯލިހުއަށް ނޭތްގެނީތޯ.



ޓްރެންޑިން