ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ދެ ދޮރާށި ބަންދު ކުރެވިއްޖެކަމަށް ހޯމް މިނިސްޓްރީގެ ނައިބު ހަސަން އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މީގެ ކުރިން ކަނޑުގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށެވެ. ހަމަ އެހެންމެ ވައިގެ މަގުންވެސް މަސްތުވާތަކެތި އެތެރެކުރާ ކަމަށް އޭނާ ވިދާޅުވި އެވެ،

އެހެންވެ ހޯމް މިނިސްޓަރުކަމަށް އަލީ އިހުސާން ވަޑައިގެންނެވި ފަހުން ކަސްޓަމްސްގެ އުސޫލުތައް ހަރުދަނާ ކުރަން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެވާ މީހުންގެ ލަގެޖުތައް ޗެކުކުރުމުގައި ވެސް ވަރަށް ވަރުގަދަ އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށް ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ބަރޯސާ ވަމުން ދިޔައީ ބޭރު ބަޔަކަށް ކަމަށެވެ، އެހެން ނަމަވެސް މިހާރު ކަނޑުގެ ސަހަރައްދު ބަލަހައްޓަމުން ދަނީ ސީދާ ދިވެހީންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި މިފަހުން ޑްރޯންތައް ގެނައުމުގެ ކުރިން ކަނޑުގެ ސަރަހައްދު ބެެލެހެއްޓުމަކީ އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ކަނޑުގެ މަހުން ރާއްޖެއަށް މި ގެންނަ މަސްތުވާތަކެތި އެ ގެންނަ ބޯޓުތައް ހުއްޓުވައި، އުޅަނދުތައް ހުއްޓުވައި ބެލެހެއްޓޭނެ. އެހެންވީމާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރާއްޖެއަށް ޑްރަގްސް ވަންނަ ދެ ދޮރާށި އަޅުގަނޑުމެންނަަށް ބަންދުކޮށް ކުރެވިއްޖެ ގާތްގަނޑަކަށް އިނގޭތޯ." ރޭގެ ޕްރޮގްރާމްގައި ހަސަން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން