ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ބިލު މަޖިލީހަށް ހުށައަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީން މި ބިލު މަޖިލީހަށް ހުށައަޅާފައިވާކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި މިބިލުގެ ތަފްސީލް ދެއްވަމުން ޙިސާން ވިދާޅުވީ މީގެ ކުރިން ޢަމަލުކުރި އެންޓި ޑިފެކްޝަން ޤާނޫނާއި މިފަހަރު އަލަށް ހުށައެޅި ބިލުގެ އެންމެ ބޮޑު ތަފާތަކީ ޕާޓީން ބޭނުންވެގެން މެންބަރަކު ވަކިކޮށްފިނަމަ އެމެންބަރެއްގެ ރީކޯލްވޯޓަކަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ލާޒިމުވުން ކަމަށެވެ.

އޭގެ އިތުރުން މެންބަރެއް ވަކިކުރުމަށް ޕާޓީން ނިންމި ނަމަވެސް ދާއިރާގެ ރައްޔިތުންގެ ތާޢީދު މެންބަރަށް އޮތްނަމަ ގޮނޑި ނުގެއްލޭނެ ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މެންބަރުންގެ މައްޗަށް ޕާޓީގެ ފުލް ކޮންޓްރޯލް ނޯންނާނެ ކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ ބިލުގައި އޮޓަމެޓިކުން މެންބަރުކަން ގެއްލޭނެ ހަމައެކަނި ޙާލަތަކަށް އޮތީ އަމިއްލައަށް ޕާޓީން ވަކިވުމާއި ޕާޓީ ބަދަލު ކުރުން ކަމަށެވެ.

އެންޑީޕީން މިބިލު މަޖިލީހަށް ހުށައަޅާފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ އެންޓި ޑިފެކްޝަން ޤާނޫނު 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް