ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ރޮނާލްޑޯ
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ރޮނާލްޑޯ
ޔުވެންޓަސް އިން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ސަމްޕްޑޯރިއާ އަތުން އެ ޓީމް މޮޅުވީ 1-2 އިންނެވެ.

ރޭގެ މެޗްގައި ޔުވެންޓަސް އަށް ލީޑް ނަގައިދިނީ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މި ފަހަރުގެ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 31 ވަނަ ގޯލެވެ. މެޗްގައި ޔުވެންޓަސް އިން ޖެހި ދެވަނަ ގޯލް މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ފެޑެރީކޯ ބަނާޑޭޝީ އެވެ.

ޔުވެންޓަސް އަކީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން ޖެހިޖެހިގެން ނުވަ ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމެވެ. މި ރޭހުގައި ޔުވެންޓަސް އާ އެންމެ ގާތުން ވާދަކުރާ ޓީމަކީ މި ސީޒަންގައި ހޯދި ތަށްޓާއެކު ޖެހިޖެހިގެން އަށް ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ބެޔާން މިޔުނިކެވެ. ޖެހިޖެހިގެން ނުވަ ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ޔޫރަޕްގެ ކްލަބްތަކަކީ ސްކޮޓްލެންޑްގެ ސެލްޓިކާއި ބަލްގޭރިއާގެ ލުޑޮގޯރެޓްސް ރަޒްގްރާޑް އެވެ. ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ހޯދައިގެން ދުނިޔޭގެ ރެކޯޑް ހަދައިފައިވަނީ 15 ފަހަރު ވަނުއާޓޫގެ ލީގު ކާމިޔާބުކުރި ޓަފިއާ އެވެ.

ޔުވެންޓަސް އިން ވަނީ އިޓާލިއަން ލީގު 36 ފަހަރު ކާމިޔާބުކޮށްފައެވެ. ޔުވެންޓަސް އަށްފަހު ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައިވާ ޓީމަކީ 34 ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ރޭ ހޯދިއިރު ލީގުގައި އަދި ބާކީ ދެ މެޗް އެބަ އޮތެވެ. ޔުވެންޓަސް އާއި، ޓޭބަލްގެ ދެވަނައިގައި އޮތް އިންޓަމިލާން އާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން