ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައީސް ނަޝީދަށް ކުރަށްވަމުން ގެންދެވި ތާޢީދު އަނބުރާގެންދަވާފައިވާތީ މިއަދު މޫސާ ސިރާޖާއި ވާހަކަ ދައްކަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މޫސާ ސިރާޖާއި މިއަދު ވާހަކަ ދައްކަވާނެ ކަމަށެވެ. އޭގެ އިތުރުން ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް ޙަލީމަކީ ޝައްކު އުފައްދަންޖެހޭ ބޭފުޅެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޙަރަކާތްތަކުގައި ދޮންބިލެތުގެ މާބޮޑު ދައުރެއްވެސް މިހާރު ފެންނަމުން ނުދެއެވެ.
މީގެ ކުރިން ރައީސް ނަޝީދަށް ތާޢީދުކުރެއްވި ބައެއް މެންބަރުން ކޮޅުބަދަލު ކުރަށްވަމުން ގެންދަވާތީ ރައީސް ނަޝީދު ވިދާޅުވީ ދޮންބިލެތަކީ އަބަދުވެސް އެންމެ އެކުގައި ހުންނަވާ ބޭފުޅެއް ކަމަށާއި މޫސާ ސިރާޖުވެސް އެމަނިކުފާނަށް ތާޢީދު ނުކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރަށްވާ ކަމަށެވެ.
"އަޅުގަނޑު ޤަބޫލެއް ނުކުރަން މޫސާ ސިރާޖު އަޅުގަނޑަށް ތާޢީދު ނުކުރައްވާނެ ކަމަކަށް. އަޅުގަނޑު މިއަދު ސިރާޖާ ވާހަކަ ދައްކާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާޢީދު ކުރަށްވަމުން ގެންދެވި މެންބަރު ހަސަންޓޭ އާއި، މީކާއީލާއި، ޙިސާން އާއި، ވެލިދޫ މޯޑުވެސް ވަނީ ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާކަމަށް ވިދާޅުވެ ރައީސް ޞާލިޙްގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު