ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެތައް އަހަރުތަކެއް ވީއިރުވެސް ދިރިއުޅެން ނުފަށާހުރި ގޯތިތައް ކައުންސިލަށް ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ތާރީހުން ފެށިގެން 5 އަހަރުގެ މުއްދަތުގެ ތެރޭގައި އެގޯތީގައި ދިރިއުޅެއް ނުފަށައިފިނަމަ އެ ގޯއްޗެއް އެމީހާގެ ކިބައިން ވަކިކުރެވޭނެކަމަށެވެ.
ނަމަވެސް، އާންމު ގޮތެއްގައި އާންމު ރައްޔިތުންގެ ފުދުންތެރިކަން ހުންނަ މިންވަރަށް ބަލައި އެފަދަ ގޯތިތައް ރަށްރަށުގައި އެ ގޯތިތަކުގެ ވެރިންގެ އަތުން އަތުލާފައެއް ނުހުރެއެވެ.
ކޮލަމާފުށީ ކައުންސިލުން ބުނެފައިވަނީ، 2006 ވަނަ އަހަރު އެ ރަށުން ދޫކުރި ގޯތިތަކުގެ ތެރެއިން، އިންފާރު ރާނާފައިނުވާ ގޯތިތަކުގެ އިންފާރު ރާނާ އަދި ގޯތިތެރެއާއި ގޯތި ހިމެނޭފަޅި ސާފުކޮށް ބެލެހެއްޓުމަށް ތަކުރާރުކޮށް ކައުންސިލުން އަންގާފައިވާނޭ ކަމަށެވެ.
ނަމަވެސް، އެގޮތަށް އަމަލުކޮށްފައި ނުވާ 12 ގޯއްޗެއް ދޫކުރެވުނު ފަރާތުން ވަކިކޮށް ކައުންސިލަށް ނެގުމަށް އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 125 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައިކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު