އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އަދިވެސް ނުފެންނަ ކަމަށް އިރާންގެ މީޑިއާތަކުން ރިޕޯޓާކޮށްފިއެވެ.

އިރާންގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރުގެ ޤާފިލާގައި ދަތުރުކުރި އަނެއް 2 ހެލިކޮޕްޓަރުވަނީ ސަލާމަތާއި އަންނަން ނަންޒިލަށް ޖައްސާފައެވެ.

ރެސްކިއު ޓިމުތަކުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު ދުންފިނީގެ، ސަބަބުން ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ހޯދުމަށްވަނީ ދަތިވެފައެވެ. އަދި ހެލިކޮޕްޓަރާއި މުވާސަލާތު ކުރެވޭގޮތް ނުވާ ކަމަށްވެސް އިރާންގެ މީޑިއާއިން މައުލޫމާތުދެއެވެ.



އިރާންގެ ރައީސް އަރިހުގައި އެ ހެލިކޮޕްޓަރުގައި އިރާންގެ ޚާރިޖީ ވަޒީރު ހޮސެއިން އާމިރަބްދޮލައިހިން، އިރާންގެ ރޫހާނީ ލީޑަރުގެ މަންދޫބެއް ކަމަށްވާ އާޔަތުއްލާ މުޙައްމަދު އަލީ އަލް ހަޝެމް އަދި އިރާންގެ އިރުމަތި އަޒަރްބައިޖާންގެ ގަވަރުނަރު މާލިކް ރަޙްމާތީ ތިއްބެވިކަމަށް އިރާންގެ މީޑިއާއިން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އިރާންގެ ރޫހާނީ ލީޑަރު އާޔަތުއްލާ ޚާމަނާއީ ވަނީ ގައުމީ ސަލާމަތާއިބެހޭ މަޖްލިސްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

އީރާންގެ ރަސްމީ މީޑިއާއިން ކުރިން ބުނީ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ މޫސުން ގޯސްވެގެން ކުއްލިއަކަށް "ހާޑް ލޭންޑިންގ" އެއް ކުރީ ކަމަށެވެ. ނަމަވެސް ގިނަ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ ހެލިކޮޕްޓަރ ވެއްޓުނީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން