ގދ އަތޮޅުގައި ހިންގަމުންދާ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކް އެއްގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެކެވެ. އަދި އެ މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 3:30 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިއާއެކު ދަތުރުފަތުރު ކުރުމާއި އެކި ބޭނުންތަކުގައި މޫދަށް އެރި އުޅުމުގައި ސަމާލު ވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު