ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އިންތިޚާބު ވެވަޑައިގެންނެވި މުޙައްމަދު ޝާމިން ހަބީބް ޕީ.އެން.ސީއަށް ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕީ.އެން.ސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ޝާމިން ޕީ.އެން.ސީއަށް ސޮއިކުރުމާއި ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާނެ މެމްބަރުންގެ އަދަދު 74 އަށް ވަނީ އަރާފައެވެ.



އޭޕްރިލްމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އަމިއްލަގޮތުން އިންތިޚާބުވީ 7 މެމްބަރަކުވަނީ މީގެ ކުރިން ޕީ.އެން.ސީ އާއި ގުޅިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު