ފޫލްސް އެސްސީގެ ކެޕްޓަން ޙުސައިން ނާއިމް
ފޫލްސް އެސްސީގެ ކެޕްޓަން ޙުސައިން ނާއިމް
ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށްގެން މުލަކަތޮޅު މަޑުއްވަރީގައި ބާއްވާ ސީޔޫ ޗެމްޕިއަންޝިޕް 2023ގެ ފައިނަލް މެޗު މިރޭ 20:00 ގައި މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި އޮންނާނެއެވެ.

މި މުބާރާތަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށް މ. މަޑުއްވަރީ ކައުންސިލް އިދާރާއިން އެންޑޯޒްކޮށްގެން 2019 އަހަރުން ފެށިގެން ސިލްސިލާކޮށް އަހަރަކު އެއްފަހަރު ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅެފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ މ. މަޑުއްވަރީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ދެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފޯރިގަދަ ފައިނަލަށް ދަތުރުކޮށްފައިވަނީ ބްރަދަރސް އޮފް ދަގްރާންޑޭ އާއި ފޫލްސް އެސް.ސީ އެވެ.

މިއަހަރުގެ މުބާރާތުގައި މ. އަތޮޅުގެ 4 ރަށަކުން 7 ޓީމާއި މީމު އަތޮޅު ފުލުހުންގެ ޚިދުމަތުން ޓީމަކާއެކު ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ އަޕްރައިޒިންގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްވިފްޓް ޕްރައިވެޓް ލިމިޓެޑެވެ. މި މުބާރާތުގެ ބޭންކިންގ ޕާޓްނަރަކީ ބީއެމްއެލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިންއެވެ. މީގެއިތުރުން ބެވަރެޖް ޕާޓްނަރަކަށް ކަބީސާ ހަމަޖައްސާފައިވާއިރު ކިޓް ޕާޓްނަރަކީ ފޭލި އާޓެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މައިދޫ ސްޕީޑެވެ.

މިމުބާރާތުގެ ޕާޓްނަރުންނަކީ ޒަމާލިކް ޓްރޭޑަރސް، ދޮންބެ ހޮޓާ، ނިޔަނދުރު ހޯލްޑިންގސް އަދި އައިޑީޒެޑް ލިންކް. ކޮމް އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބްރަދަރސް އޮފް ދަ ގްރާންޑޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން