ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން، ޕީޕިއެމް-ޕީއެންސީގެ ހާއްސަ ޖަލްސާ އެއް މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.
މާދަމާ ރޭ 09:00 ޖަހާއިރު އެ ޖަލްސާ ބާއްވާގޮތަށް ހަމަޖެހިފައިވަނީ ދަރުބާރުގެ ރަންނަބަޑޭރި މާލަމުގައެވެ. މިއީ ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަރު ކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އާންމުކޮށް ހުޅުވާލައިގެން މި ފަދަ ޖަލްސާ އެއް ބާއްވާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ޕީޕީއެމް- ޕީއެންސީގެ މެންބަރުންނަށް ފޮނުވާފައިވާ ޖަލްސާގެ ދައުވަތުގައި ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކޯލިޝަންގެ ހާއްސަ ޖަލްސާ އެއް މާދަމާ ރޭ އޮންނާނެ ކަމަށެވެ.
އެގޮތުން އެ ޖަލްސާއަށް އަންހެނުން ޕާޓީ ކުލައިގެ ހެދުމެއް ގައި އަދި ފިރިހެނުން ހުދު ގަމީހާއި ޕާޓީ ކުލައިގެ ޓައީ ގައި ހާޒިރުވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.
ރައީސް މުޢިއްޒު ޕީއެންސީގެ ލީޑަރު ކަމަށް ހަމަޖައްސާފައިވަނީ މިދިޔަ މަހު ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ފަހު ދެ ޕާޓީގެ ސެނެޓް އެއްވެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައްދަލުވުމުގައެވެ.
ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޕީއެންސީ އަށް އަންނަނީ އެތަށް ހާސް މެމްބަރުން ގުޅެމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު